އުރީދޫން ގިނަ ދުވަހަށް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 15 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓެއް

އުރީދޫ ޕޯސްޓްޕެއިޑް ގިނަ ދުވަހަށް ބޭނުންކުރާ ކަސްޓަމަރުންނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުނިން ބުނީ މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
"އާ އަދި އީޖާދީ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އުރީދޫން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެއް. މިގޮތުން، ދިގު މުއްދަތަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތައް ދެވުމަކީ، އަޅުގަނޑުމެން އުފާކުރާ ކަމެއް." އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އަދި ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.
އުރީދޫން ވަނީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހަދައި، އުރީދޫގެ އެންމެ މަގްބޫލް ޕޯސްޓްޕެއިޓް ޕެކޭޖުތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ދެ އަހަރުގެ ކޮންޓްރެކްޓް ޕްލޭނަށް 15 ޕަސެންޓް ޑިސްކައުންޓެއް ދެ އެވެ. އަދި އެއް އަހަރުގެ ކޮންޓްރެކްޓް ޕްލޭނަށް ދިހަ ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ. އެ ޑިސްކައުންޓްތައް ލިބެނީ އުރީދޫގެ ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނަށެވެ.
އެ ކުންފުނިން ވަނީ ކިޔަވާ ކުދިންނަށް ވަރަށް ހާއްސަ އޮފައެއް ވެސް ތައާރަފްކޮށްފަ އެވެ. މިގޮތުން، ހަ މަސް ދުވަހުގެ ކޮންޓްރެކްޓަކާއެކު ޕޯސްޓްޕެއިޑް 200، ޕޯސްޓްޕެއިޑް 400، ޕޯސްޓްޕެއިޑް 600، ޕޯސްޓްޕެއިޑް 800 ނުވަތަ ޕޯސްޓްޕެއިޑް 1000 ޕެކޭޖު ހިޔާރުކުރުމުން، މަހުފީން ފަސް ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.
އުރީދުން ބުނީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ