ހުޅުމާލެ ކޯޓުން ނަޝީދުގެ މައްސަލަ ބެލުމާމެދު މާދަމާ ގޮތެއް ނިންމަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރުކުރި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ނަޝީދު ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް މާދަމާ ގޮތެއް ނިންމާނެ އެވެ.
އެއާއިއެކު ހުޅުމާލޭ ބެންޗުގެ މައްސަލަ ހައި ކޯޓަށް ބެލިދާނެކަމާ މެދު މާދަމާ ގޮތެއް ނިމިގެންދާނެ އެވެ. އެމައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 14:45 އަށެވެ.
އެމައްސަލާގައި ޖޭއެސްސީން އިޖުރާއީ ނުކުތާއެއް ނަގާފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލާފައިވަނީ ސްޕްރީމު ކޯޓުގެ ލަފާގެ މަތިން ކަމަށްވާތީ އެމައްސަލަ ހައިކޯޓުން ނުބެލޭނެ ކަމަށް ބުނެއެވެ.
ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފައިވަނީ ސުޕްރީމް ކޯޓަށް އެއްވެސް ފަރާތަކަށް ގާނޫނީ ލަފާ ނުދެވޭނެކަން މީގެކުރިން އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނަޝީދުގެ ވަކީލުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ