ޕެރަގުއޭގެ ރިޔާސީ ކެންޑިޑޭޓަކު މަރުވެއްޖެ

ޕެރެގުއޭގައި އަންނަ އޭޕްރީލް މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އިދިކޮޅު ލީޑަރެއް ކަމަށްވާ ލީނޯ އޮވިޑޯ، ދަތުރު ކުރައްވަމުން ގެންދެވި ހެލިކަޕްޓަރު ވެއްޓުމުގެ ސަބަބުން އޮވިޑޯ މަރުވެއްޖެ އެވެ.
އޮވިޑޯ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ ވެރިރަށް އެސުންސިޔޯން އިން އެ ގައުމުގެ އުތުރުގެ ސަރަޙައްދަކަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެ ޙާދިސާގައި އޭނާގެ ހަށިފާރަވެރިޔާގެ އިތުރުން އެ ހެލިކޮޕްޓަރުގެ ޕައިލެޓް ވެސް މަރުވި އެވެ.
އުމުރުން 69 އަހަރުގެ އޮވިޑޯ އަކީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ. އަދި ކުރީގެ އަސްކަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ލީޑަރެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރު ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
އޭނާ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވަނީ ނެޝަނަލް އެލަޔަންސް ޕާޓީގެ ޓިކެޓުގައި އެވެ. އެގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 21 ގަ އެވެ.
މި ހާދިސާގައި ލިނޯ އަވަހާރަވުމާއި ގުޅިގެން ޕެރެގުއޭގެ ރައީސް ފެޑްރިކޯ ފްރާންކޯވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވައި، ބައި ދަނޑިއަށް ދިދަ ތިރިކުރެއްވުމަށް އަންގަވާފައެވެ. އޮވިޑޯގެ ކުއްލި މަރާ ގުޅިގެން އޭނާގެ ޕާޓީ އަށާއި އޭނާ އަށް ސަޕޯޓްކުރާ ފަރާތްތަކަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.
ހެލްކޮޕްޓަރު ވެއްޓުނު ސަބަބު ހޯދުމަށް މިހާރު ވަނީ ހާއްސަ ޓީމަކުން މަސައްކަތް ފަށާފައެވެ. އެގޮތުން އެ ޓީމުގެ މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ ސީދާ ޑިފެންސް މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ. އެގައުމުގެ ސަރުކާރުން ބުނީ އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށެވެ.
2008ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައިގެން އޮވިޑޯވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ޕެރަގުއޭގެ ރިޔާސީ އިންތިޚާބަށް 1998 ވަނަ އަހަރު ވެސް އޭނާ ކުރިމަތިލެއްވި ނަމަވެސް ވޯޓުލުމުގެ ކުރިން ޕެރަގުއޭގެ ސަރުކާރުން އޮވިޑޯގެ މައްޗަށް ކުރި ދަޢްވާއަކާ ގުޅިގެން 10 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ސަބަބުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާ އަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އެފަހަރު ކާމިޔާޞުކުރެއްވި ރާއުލް ކޮބާސް ރައޫސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އޮވިޑޯއަށް މާފުދެއްވާ އޭނާ މިނިވަން ކުރެއްވި އެވެ. ނަމަވެސް 1999 ގައި ޕެރެގުއާއީ ގެ ނައިބު ރައީސް ލުއިސް މާރިޔާ އަވަހާރަކޮށްލި ހާދިސާ އޮވިޑޯ އާއި ގުޅުމެއް ވާކަމަށް ކޯޓުން ސާބިތުވެގެން އޭނާ އަރުވާލުމަށް ހުކުމް ކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ