އަޒުމަކަށް ވާންވީ ސަމާހަތްތެރި މުޖްތަމައެއް ހޯދުން: މައުމޫން

ގައުމީ ދުވަހު ކަނޑައަޅާ އަޒުމަކަށް ވާންވީ ދިވެހި މުޖްތަމައަކީ މިހާރަށްވުރެ އެކަކު އަނެކަކަށް އޯގާތެރިވާ އެކަކު އަނެކަކަށް ހެޔޮއެދޭ ސަމާހަތްތެރި މުޖްތަމައަކަށް ހެދުމުގެ އަޒުމް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ ދުވަހު އަޅުގަނޑުމެން ކަނޑައަޅާ އަޒުމަކަށް ވާންވީ ދިވެހި މުޖްތަމައަކީ މިހާރަށްވުރެ އެކަކު އަނެކަކަށް އޯގާތެރިވާ އެކަކު އަނެކަކަށް ހެޔޮއެދޭ ސަމާހަތްތެރި މުޖްތަމައަކަށް ހެދުމުގެ އަޒުމް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ އެމަނިކުފާނު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ގައުމީ ދުވަހުގެ ހާދިސާ އަކީ އިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަން ޖެހޭފަދަ ހާދިސާއެއް ކަމަށެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ގައުމަށްޓަކައި ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށެވެ.
މި އުފާވެރި ގައުމީ ދުވަހު އަޅުގަނޑުމެން ކަނޑައަޅާ އަޒުމަކަށް ވާންވީ ދިވެހި މުޖްތަމައަކީ މިހާރަށްވުރެ އެކަކު އަނެކަކަށް އޯގާތެރިވާ އެކަކު އަނެކަކަށް ހެޔޮއެދޭ ސަމާހަތްތެރި މުޖްތަމައަކަށް ހެދުމުގެ އަޒުމް ކަމުގައި އަޅުގަނޑު ދެކެން
މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
އަދި ގައުމުގައި ސުލްހަމަސްލަސްކަން ނަގާލުމަށާ އެއްބައިވަންތަ ކަން ފުނޑު ފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުދިނުމަށް ރައީސް މައުމޫން ގޮވާލެއްވިއެވެ.
އަދި ދިވެހި މުޖުތަމައަކީ، އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާހަތްތެރި މުޖުތަމައަކަށް ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ