މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރުން ހުއްޓާލާފައިވާ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތެރި އަދި ހަދިޔާ ފަދަ ތަކެތި ތައްޔާރުކުރުމަށް މުބާރާތެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - 'ކްރާފްޓަޑް ބައި ކަރަންސީ: ޝްރެޑަޑް ނޯޓްސް ރީއިމޭޖިންޑް'ގެ ނަމުގައި ހިންގާ މި މުބާރާތަކީ އެމްއެމްއޭގެ ދެމެހެއްޓެނިވި ތަރައްގީ އާއި ތަކެތި އަލުން ބޭނުންކުރުމުގެ ސިޔާސަތުގެ ދަށުން، ބޭނުންކުރުން ހުއްޓާލައި ކުދިކޮށް ކޮށާލާފައިވާ ނޫޓުތައް އެހެން ގޮތަކަށް ބޭނުން ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ތަފްސީލް - މި މުބާރާތުގައި ދެ ބައެއް ހިމެނެ އެވެ. އެއީ:
ސުވެނިއަ ޑިޒައިން އެންޑް ޕްރޮޑަކްޝަން ކޮމްޕެޓިޝަން - މި ބައިގައި ބައިވެރިން ހުށަހަޅަންޖެހޭނީ އެމްއެމްއޭގެ ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި
އާޓްވޯކް ކޮމްޕެޓިޝަން - މި ބައިގައި ހުށަހަޅަންޖެހޭނީ ކޮށާފައިވާ ނޫޓުތައް މައިގަނޑު އެއްޗެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފަންނީ އުފެއްދުންތައް
މި މުބާރާތުން ހޮވާލެވޭ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތައް މި އަހަރު އެމްއެމްއޭން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަރުދުންނަށާއި ޓީމުތަކަށާއި ފަންނުވެރިންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިންނަށް ކޮންމެވެސް އެއް ދާއިރާއަކުން ނުވަތަ ދެ ދާއިރާއިން ވެސް ބައިވެރިވެވޭނެ އެވެ.
މުބާރާތުގެ ވަނަތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް
ސުވެނިއަ ޑިޒައިން އެންޑް ޕްރޮޑަކްޝަން:
1 ވަނަ: 10،000ރ.
2 ވަނަ: 5،000ރ.
3 ވަނަ: 3،000ރ.
މީގެ އިތުރުން، އެމްއެމްއޭގެ ރަސްމީ ހަދިޔާ އުފެއްދުމަށް ވަކި އެއްބަސްވުމެއްގެ ދަށުން ފުރުސަތު ލިބިގެންދާނެ
އާޓްވޯކް ކޮމްޕެޓިޝަން:
1 ވަނަ: 15،000ރ.
2 ވަނަ: 10،000ރ.
3 ވަނަ: 5،000ރ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14ގެ ނިޔަލަށް، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް ކުރަންޖެހޭނެ އެވެ.
ބޭނުންނުކުރާ ނޫޓުން ހަދިޔާ ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ