ޑިންގީ އެއްގެ ބުރަފަތިން ޖެހި ފައިބުރިވި މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި

ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނެއްގެ ފައި ޑިންގީއެއްގެ ބުރަފަތީގައި ޖެހި ބުރިވެއްޖެއެވެ. އެ ޙާދިސާއަށްފަހު އޭނާއަށް ވަނީ ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު ހޮސްޕިޓަލުގައެވެ. ޢުމަރުން 27 އަހަރުގެ އެޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މިރޭ 11:40 ގައި ވަނީ މާލެ ގެސްފައެވެ. އޭނާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ އެހީގައެވެ.
ހިތާމަވެރި މިޙާދީސާގައި އެމީހާގެ ފައި ބުރިވުމުގެ އިތުރަށް ބުރަފަތިން ޖެހި ބޮޑެތި ޒަޚަމްތައް ވެސް ވަނީ ލިބިފައެވެ. ބުރިފައިވަނީ އޭނާގެ ފައިގެ ކިސާ ހިސާބަކުން ކަމެއް ކަށަވަރު ނުވެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ