ވޯލްޑް ކަޕް 2018: ކޮސްޓަރިކާގެ މައްޗަށް ސާބިއާއިން 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިފި

ވޯލްޑް ކަޕް 2018 ގައި ސާބިއާއިން ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަރިކާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
ކޮސްޓަރިކާ ބަލިކޮށް ސާބިއާއިން ފުރަތަމަ މެޗު ކާމިޔާބު ކުރުމާއެކު އެޓީމަށް ވަނީ 3 ޕޮއިންޓު ލިބިފައެވެ.
މެޗުގައި ހުރިހާ ގޮތަކުންވެސް ސާބިއާގެ ކުޅުން ރަނގަޅެވެ. ނަމަވެސް މެޗުގެ ފުރަތަމަ ފަށއިގެން ރަނގަޅު ޕާސްތަކެއް ޖަހައިގެން ކޮސްޓަރިކާ ކުޅެން ފެށި އެވެ. ފުރަތަމަ ފުރުސަތު ތަނަވަސް ކުރީވެސް ކޮސްޓަރިކާއިންނެވެ. ކޯނަރަކުން ތަނަވަސްވި ބޯޅަ، މާކޯ އުރެނާ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިނުމުން، ޖިއަންކާލޯ ގޮންޒާލޭޒް ބޮލުން ބޯޅައިގައި ކޯށްޕާލުމުން އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 44 ވަނަ މިނެޓްގައި ސާބިއާއިން ކޮސްޓަރިކާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ، ސާގޭ މިލަންކޮވިޗް ފޮނުވާލި ބައިސްކަލް ކިކު، ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް، ދިފާއު ކުރީ އެވެ. ނަމަވެސް އޭގެ މާ ކުރިން ލައިސްމަން ހުރީ މިލަންކޮވިޗް އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.
ސާބިއާގެ ލަނޑު ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެލެގްޒެންޑާ ކޮލޮރޯވް އެވެ. އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭ ޖެހުން އޭނާ ގޯލް ތެރެއަށް ވައްދާލީ ގޯލްގެ ދަނޑިއާ ވަރަށް ކައިރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ