ރައްޔިތުންގެ ދިގު އިންތިޒާރު ނިމުމަކަށް އައިސް ހުޅުމާލެ ބްރިޖް ހުޅުވިގެންދިޔައީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ކުލަގަދަ ހަފްލާއާއެކުގައެވެ.
މި ބިޔަ މަޝްރޫއުގެ އުފާ ފާހަގަކުރުމަށްޓަކައި ރައްޔިތުން ވަނީ މިއަދު ސިނަމާލެ ބުރިޖަށް ވެދުމާދާން ނިންމާފައެވެ. ވެދުމާ ދިއުމަކީ ޒަމާނުއްސުރެ ބޮޑެތި މަސައްކަތްތަކުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ދިވެހިން ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން ސިނަމާލެ ބުރިޖަށް ފުރަތަމަ ފަހަރަށް އެރުމުގެ ފުރުސަތު މިއަދު ހުޅުވާލާއިރު، "ރައްޔިތުން ސިނަމާލެ ބުރިޖަށް ވެދުމާދިއުން" މި ނަމުގައި ކުރިއަށްގެންދާ ޚާއްސަ ހަރަކާތަކީ އާއިލާއާއިއެކު ވަގުތު ހޭދަކޮށްލުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްސަ އާއިލީ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ. އަދި މި ހަރަކާތް ކުރިއަށްގެންދާން ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުން ދަރުބާރުގެއާއި ދިމާލުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބްރިޖްގެ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވުމުން، ދިވެހިންގެ މޫނުމައްޗަށް މިވަނީ ހިނިތުންވުމާއި އުފާވެރިކަން ގެނުވާފައެވެ.
ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެތަށް ހާސް ދިވެހިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
އެގޮތުން އެ ރަސްމިއްޔާތު ވެގެން ގޮސްފައިވަނީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ރަސްމިއްޔާތަކަށެވެ.
ރައްޔިތުން ބްރިޖަށް ވެދުމާދިއުން މިއަދު ހަވީރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ