ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
މައުސޫމު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ، އޭނާ މެޖިސްޓްރޭޓް ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ކޮމިޓީން ދިރާސާ ކުރުމަށްފަހުގަ އެވެ. އެހެންކަމުން މައުސޫމު މެޖިސްޓްރޭޓްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މައުސޫމު މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި އޭނާ މިހާރުވެސް ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ