ބޮޑު އިންޖީނެއްގައި އަލިފާން ރޯވެ ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ

ކުޅުދުއްފުށީ އިންޖީނުގޭގައި ބޭނުންކުރާ 1.2 މެގަވޯޓްގެ އިންޖީނެއްގައި ހުޅު ހިފާ މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ އެވެ.
އިންޖީނުގައި އަލިފާން ރޯވި ތަނުން ހުރިހާ އިންޖީނެއް ނިންވާލާ މުޅި ރަށުން ކަރަންޓް ކަނޑާލި އެވެ. އަދި ހިފާފައި ހުރި ހުޅުގަނޑު ނިންވާލި އެވެ.
މިކަމެއް ހިނގީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:15 އެހާއިރު އެވެ. އިންޖީނުގައި ހުޅު ހިފަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. ފެނަކަ އިން ބުނީ ހުޅު ހިފިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިންވާލި ކަމަށެވެ.
އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން މުޅި ރަށަށް ކަރަންޓް ދެވޭވަރު ވާނެކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ