އަށް މެންބަރަކު ވީއައިޕީ ލައުންޖުގެ ހިދުމަތް އެއްވެސް ގޮތަކަށް ހޯއްދަވާފައެއް ނުވޭ

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަށް މެންބަރަކު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން އެއްވެސް ގޮތަކަށް ހިދުމަތް ހޯއްދަވާފައި ނުވާކަން ހާމަވެއްޖެ އެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަކި ވަކި މަޖިލިސް މެމްބަރުންގެ ވީއައިޕީއަށް މަޖިލީހުން ކުރި ހަރަދުތަކުގެ ތަފުސީލު ހޯދައި, އެ މައުލޫމާތު އާންމުކުރީ މަޖިލީހުން ވީއައިޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުވެސް ހޯދި ސޯޝަލް އެކްޓިވިސް އައިމަން ލަތީފެވެ.
ރައްޔިތުންގެ މަޖިލީހުން ހިއްސާކޮށްފައިވާ އެ މައުލޫމާތުން އެނގޭ ގޮތުގައި, އެ އަށް މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދުވެސް ވީއައިޕީ ލައުންޖުގެ ހިދުމަތް ބޭނުން ކުރައްވާފައެއް ނުވެ އެވެ. ދެން ހިމެނިވަޑައިގަންނަވަނީ:
ވީއައިޕީގެ ހިދުމަތަށް ކޮންމެ ފަހަރަކު ބޮލަކަށް 60 ޑޮލަރު (925 ރުފިޔާ) ނަގާ އިރު, އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި އާއިލާއާއި ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. އަދި އެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ