ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާ އިން ހައްޔަރުކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްމަބަރު މުހައްމަދު އިސްމާއިލް އާއެކު 8 މީހެއްގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ރޭ ނިންމައިފި އެވެ.ޕީޕީއެމުން ބުނީ، ޕީޕީއެމްގެ މުޒާހަރާތަކާއި އެއްވުންތައް ރޭވުމުގައި އިސްކޮށް އުޅުއްވާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްމަބަރު މުހައްމަދު އިސްމާއިލް ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމީ ހަތް  ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި މުޒާހަރާގައި ނުފެށެ ނީސް ހައްޔަރުކުރި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބަންދުގައި ބަހައްޓަން ކޯޓުން ނިންމީފައި ވަނީ 2 ދުވަހަށް ކަމަށް އެ ޕާޓީން ބުންޏެވެ.އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި ހުކުރު ދުހަހު އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު, ޝަރުތުކުރުމަށްފަހު ރޭ ވަނީ ދޫކޮށްލައިފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހުކުރު ދުވަހުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން ތިން މީހަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް އަދި ދެ މީހަކަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ބާކީ ތިބި ހަތަރު މީހަކަށް ޖަހައިދިނީ ދެ ދުވަހުގެ ބަންދުގެ މުއްދަތެކެވެ.އިތުރަށް ކިޔާލަން:ޣައްސާނާއި ސައީދު ޝަރުތުތަކާއެކު ދޫކޮށްލައިފިދިވެހިން އުޅެނީ އިންޑިއާ އިން ގެންނަ ފީ ބިސްކޮޅު ބޭނުންވެގެން ނޫން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ