ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތައް ބަންދު ކުރަނީ

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މާލޭގެ ބައެއް މަގުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށް ބަންދު ކުރަން ނިންމާފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގު ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކެވެ. ފުލުހުން ބުނީ އެގޮތުން މިރޭ 22:30އިން ފަށައިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސް ކުރުމަށް ނިންމާފައިވާތީ، މިއަދު 16:00ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި، ޒޯންތައް ހުސް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ