ސިފައިންގެ 300 ފްލެޓަށްވާ ފައިސާ ހޯދަން އަންގައިފި މަގުބޫލު ލިޔުންތައް ތުނޑީ ރަމަޟާން ކަޕްގެ ބޮޑު ފައިނަލުގައި ކިންގް އާއި ބެސްޓް މިރޭ ވާދަކުރަނީ! ހުވަނދު ފުވައްމުލައް: ޤަދީމީ ޢިލްމާއި ޒަމާނީ ސައިންސުން އުފަންކުރުވި ތަސައްލީ “ފިޔޯރީ އަވަޓެ ވާދަ 2024” ފުޓު

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓްތައް ލިބޭ ފަރާތްތަކުން އެތަން ތަން ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ސިފްކޯ ފްލެޓްތައް ލިބިފައިވާ ބައެއް ފަރާތްތަކުން އެތަން ކުއްޔަށް ދެމުންދާ މައްސަލަ ފެންމަތިވެފައިވާއިރު ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެތަން ލިބުނު ފަރާތްތަކަށް އިތުރު އެހެން ފަރާތަކަށް ކުއްޔަކަށް ނުދެވޭނެއެވެ.
މި މައްސަލައާއި ގުޅިގެން އެންއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ފްލެޓްގެ އެޕާޓްމެންޓައް ކުއްޔަށް ދެމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފައިވާނެކަމަށެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ސިފައިންގޭގެ ފަރާތުން އެންގި އެ އެންގުމަށް އިހްތިރާމް ނުކޮށް ކުއްޔަށް ދެމުންދާނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ