ހަވީރު ނޫހާއި އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕުގެ މިލްކެއް، ޒާހިރު ހުސެއިންގެ ހިއްސާއެއް ނޯންނާނެ: އެޗްއެމްޖީ
ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕު (އެޗްއެމްޖީ)ގެ މިލްކެއް ކަމަށާއި އެ ގްރޫޕުގައި ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ހިއްސާއެއް ނޯންނާނެ ކަމަށް އެޗްއެމްޖީ އިން ބުނެފިއެވެ. ހަވީރު މީޑިއާ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ މިލްކުވެރި ތަކެތި ނޫން ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށެވެ. ހަވީރު ނޫހާއި ހަވީރު އޮންލައިން މިހާރު ޝާއިއު ކުރަމުން ނުދަނީ އުފެދިފައިވާ ހިލާފަކާ ގުޅިގެން ހަވީރު މީޑިއާ ގްރޫޕުން ގާނޫނީ ލަފާ ހޯދަމުންދާތީ ކަމަށްވެސް އެނޫސްބަޔާނުގައި ބުނެފައިވެއެވެ. ހުސްވި މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ގ. ކޮއްކިިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ނެރުން ވަނީ ހުއްޓާލައިފަ އެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ