ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުނެރުމާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ހޯދަމުންދާ މީހަކީ ޏ. ފުވައްމުލައް / ދިގުވާނޑު، ފެއަރީ އަޙްމަދު ނަޞްރު (34އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ ބަދުއަޙުލާޤީ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
އަޙްމަދު ނަޞްރުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފާރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށާއި ފުވައްމުލަކުން ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ނުވަތަ ރާއްޖޭގެ ރަށަކުން ނަމަ އެރަށެއް ޕޮލިސް ސްޓޭޝަނަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެ އެވެ.
އޭނާއާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގައި ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ