ޓެރަރިޒަމް ޤާނޫނުގެ ނާޖާއިޒު ފައިދާ ސަރުކާރަކުން ނުނަގާނެ - އުމަރު

ޓެރަރިޒަމްގެ ޤާނޫނުގެ ނާޖާއިޒްފައިދާ ސަރުކާރުން ނުނަގާނެކަމުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ޤާނޫނަކީވެސް އޭގެ ނާޖާއިޒު ފައިދާ ނެގިދާނެ ޤާނޫނެއް ކަމަށެވެ.
"ބަދިގޭގައި އޮންނަ ވަޅި ތަރުކާރީ ކޮށުމަށް ބޭނުންކުރާއިރު ހަމަ އެވަޅި މީހަކު މެރުމަށްވެސް ބޭނުންކުރެވިދާނެ. ކޮންމެ ޤާނޫނަކީވެސް އެފަދަ އެއްޗެއް. އޭގެ ނާޖާއިޒު ފައިދާ ނެގިދާނެ. ނަމަވެސް ސަރުކާރުން ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ނާޖާއިޒް ފައިދާއެއް ނުނަގާނެ" ކަމަށް މިނިސްޓަރގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވެފައިވާއިރު އިއްޔެ މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާކުރާ ޤާނޫނަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއިން ހުށަހެޅި އިސްލާހުތަކާއި ނުލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ