ރައީސް މައުމޫނު އަބުދުލް ގައްޔޫމް އުޅުއްވަނީ ދުނިޔެއާ ހަނގުރާމައެއް ކުރައްވަންކަމަށް މައުމޫނު ސަރުކާރާއި ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރުކަންކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ މިނިސްޓްރިއަލް އެކްޝަން ގްރޫޕް (ސީމެގް)އިން ނެރެފައިވާ ބަޔާނާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީދު ވިދާޅުވީ ގުޅިފައިވާ ދުނިޔެއެއްގައި ކަންކަން ހިނގާގޮތާ ހިލާފަށް އެއްވެސް ކަމެއްނުކުރެއްވޭނެކަމަށެވެ.
"ރާއްޖެ ވަނީ އެކިއެކި ޖަމާއަތަކާ ގުޅިލާމެހިފައި. އެހެންކަމުން ތަމްސީލް ކުރާ ޖަމިއްޔާތަކުގެ އުސޫލުތަކަށް ތަބާނުވެ ތިބުމަކީ މިއަދުގެ ދުނިޔޭގައި ނުވާނެކަމެއް،" އދ. އިން އިރާނު މައްސަލައިގައި އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުގެ މަގާމު ވެސް ފުރުއްވާ ޝަހީދު ވިދާޅުވި އެވެ.
ޝަހީދު އެހެން ވިދާޅުވީ ރާއްޖޭގެ ކަންތައްތަކާބެހޭގޮތުން ދުނިޔޭގެ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ވާހަކަ ދައްކަމުންގެންދާ މައްސަލައިގައި ރައީސް މައުމޫނު ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅިގެންނެ އެވެ.
މައުމޫނުގެ އިތުރުން މިހާރުގެ ސަރުކާރުގެ ބައެއް އިސްވެރިން ގެންދަވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއާގުޅޭގޮތުން ދައްކާ ވަހަކަތައްް އެގޮތަށް ނުގެންދެވޭނެކަމަށާއި އެއީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުންކަމަށް ވިދާޅުވެފަ އެވެ.
ރައީސް މައުމޫނު އުޅުއްވަނީ ދުނިޔެއާ ހަނގުރާމަ ކުރަން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ