ކަރަންޓު ކެނޑުނީ މައި ތިން ޖެނެރޭޓަރު ފެއިލްވުމުން: ސްޓެލްކޯ

މުހައްމަދު ޖުނައިދު
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑެން މެދުވެރިވީ ސްޓެލްކޯއިން ބޭނުންކުރަމުންދާ މައި ތިން ޖެނެރޭޓަރުން ފެއިލްވުމުން ކަމަށް އެކުންފުނިން ބުނެފިއެވެ.
ސީއެންއެމްއަށް މައުލޫމާތުދެއްވަމުން، ސްޓެލްކޯގެ އޮފިޝަލެއް ވިދާޅުވީ މައި ތިން ޖެނެރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ތިން ޖެނެރޭޓަރުވެސް ފެއިލްވުމުން، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ކަމަށެވެ.
މިއަދު މެންދުރުފަހު، 1:30 ހާއިރުން ފެށިގެން، 1 ގަޑިއިރަށް ވުރެއް ގިނަ ވަގުތަކަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ.
އަހަރަކަށް ވުރެއް އަހަރެއް މާލޭގައި ކަރަންޓު ބޭނުންކުރެވޭ ނިސްބަތް މައްޗަށް ދަމުންދާއިރު، ސްޓެލްކޯއިން މިހާރުވެސް ދަނީ 8000 ވޯޓުގެ ކަރަންޓު އުފެއްދުމަށް އިތުރު ދެޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ