އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދަށް އަރުވާފައިވާ އިރާނުގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއަރގެ މަގާމަކީ ދިވެހި ސަރުކާރަށް އަތުލެވޭނެ މަގާމެއް ނޫން ކަމަށް ޑރ.ޝަހީދު ވިދާޅުވެއްޖެއެވެ.
ސްވިޒަލެންޑްގެ ލޮގާނޯގައި ހުންނަވައިގެން ސީއެންއެމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ، އދގެ ރެޕަޓުއަރގެ މަގާމަކީ ދިވެހި ސަރުކާރުން އަދި މަޖިލީހުން ދީފައިވާ މަގާމެއް ވެސް ނޫން ކަމަށެވެ.
ޑރ.ޝަހީދު ވިދާޅުވީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ޑރ.ޝަހީދަށް އެމަގާމު އަރުވާފައިވަނީ އަމިއްލަ ހައިސިއްޔަތުން އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
"ރިޔާޒަށް މިވާހަކަ އެންމެ ފަސޭހައިން ވިސްނިވަޑައިގަންނަވާނީ، ފީފާއިން ދީފައިވާ ރެފްރީކަން މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އަތުލެވޭނަމަ. އަޅުގަނޑަށް ހީވަނީ ޑރ.ހަސަނާއި، ޑރ.ޖަމީލާ ދެބޭފުޅުން ވެއްޖެހެން ރިޔާޒަށް ތަންދޮރު އޮޅުން ފިލުވައިދޭން" މަޖިލީހަށް އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވިއެވެ.
"އަޅުގަނޑު ހައިރާނެއް ނުވޭ ރިޔާޒަށް އެވަރު ވިސްނިވަޑައިނުގެންނެވީތީ، ޑރ.ހަސަން ސައީދާއި، ޑރ.ޖަމީލު އިސްކޮށް ތިއްބަވައިގެން ގައުމީ ޕާޓީން ނެރުނު ފޮތެއްގައި ވެސް އެބަ އޮތް އެކަން އެގޮތަށް ފާހަގަކޮށްފައި. އެހެންވީމާ ޑރ.ހަސަނާ ޑރ.ޖަމީލާ ދެބޭފުޅުންނަށް އެވަރު ވިސްނިވަޑައިނުގެންނެވީމާ ރިޔާޒަށް މިވާ ވަރު ކުޑަ ދެއްތޯ" ޑރ.ޝަހީދު ވިދާޅުވިއެވެ.
އދގެ ރެޕަޓުއާރގެ މަގާމަކީ ސަރުކާރަށް ނެގޭނެ މަގާމެއް ނޫން: ޑރ.ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ