ކަރަންޓް ސަބްސިޑީ އަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްފި

ކަރަންޓް ސަބްސިޑީ އަށް އެދުމުގެ މުއްދަތު އެއް މަސް ދުވަހަށް އިކޮނޮމިކް ކައުންސިލުން ދެންމެ އިތުރުކޮށްފި އެވެ. ކަރަންޓް ސަބްސިޑީ އަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މަސް ދުވަހަށް އިތުރު ކުރިއިރު، ކުރިން އޮތް ގޮތުން ނަމަ، ރަޖިސްޓްރީ ކުރުން މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. އަދި މުއްދަތު ކައިރިވާތީ ގިނަ ބަޔަކު ވަނީ ސަބްސިޑީ އަށް ރަޖިސްޓްރީކުރަށް ކިޔޫ ހަދައިފަ އެެވެ. ސަބްސިޑީ ފޯމު ބަލައިގަތުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ މާލޭގެ އެކި ސަރަަހައްދުތަކުގައި މޭޒުތައް ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވެލާނާގެ އާއި ސޯޝަލް ސެންޓަރު ހިމެނެ އެެވެ. ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު ފެބުރުއަރީ މަހުގެ ތެރޭގައި އަލުން ހުޅުވާލީ، އެންސްޕާ އިން ބުނެފައިވާ ގޮތުގައި، ހައްގުވެރިންނަށް ސަބްސިޑީ ދިނުމަށެވެ. ކަރަންޓް ސަބްސިޑީ ވެސް ރާއްޖޭގައި ދޫކުރަނީ ހައްގުވާ މީހުންގެ 12 ޕަސެންޓަށް ކަމަށް ވޯލްްޑް ބޭންކްގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ