މަލީޝާގެ ވެރިޔާއަށް ކުރާ ދައުވާއާމެދު ކޯޓުން ސުވާލު އުފައްދައިފި

މަލީޝާ ހައްޖު ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާއާމެދު ދެވަނަ ވިސްނުމަކަށް ދާން ކްރިމިނަލް ކޯޓުން ތިން ދުވަހުގެ މުހުލަތެއް ދައުލަތަށް ދީފި އެވެ.
ކުރިމިނަލް ކޯޓްގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގައި މައްސަލަތަކެއް ހުރިކަމަށް ފެންނާތީ އެ ދައުވާއާ މެދު އަލުން ވިސްނުމަށް ތިން ދުވަހުގެ މުހުލަތެއް މިއަދު ވަނީ ދީފަ އެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދައުލަތުން ދައުވާ އުފުލާފައިވަނީ ހިޔާނަތްތެރިވެފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާ އާއި، 132 ވަނަ މާއްދާގެ ދަށުން ކަމަށާއި ނަމަވެސް އެ ފައިސާއަކީ މަލީޝާ ގުރޫގެ ބެލުމުގެ ދަށުގައި ބަހަށްޓަން ހަވާލުކޮށްފައިވާ ފައިސާއެއްތޯ ނުވަތަ ނުވަތަ ވަކި ކަމެއް ކުރަން ބަޔަކު ހަވާލުކޮށްފައިވާ ފައިސާއެއްތޯ ކޯޓަށް ސުވާލު އުފެދޭ ކަމަށެވެ.
އެހެންކަމުން ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި ދައުވާކުރެވޭނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކަމަށާއި މިމައްސައަކީ ގިނަ ބައެއްގެ ހައްގުތަކާއި ގުޅިފައިވާ މައްސަލައެއްކަމުން ދައުލަތުން މި މައްސަލަ އިތުރައް ދިރާސާކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
"މިފައިސާ އެމީހުން މަލީޝާ ގުރޫޕާއި ހަވާލުކޮށްފައިވަނީ ބަލަހަށްޓަންތޯ؟ ނުވަތަ ހައްޖަށް ގެންގޮސްދޭންތޯ؟ މިކަމާއިމެދު މަލީޝާ ގުރޫޕުން ހިޔާނަތްތެރިވެފައިވާކަމާއިމެދު އެބަ ސުވާލު އުފެދޭ! ދައުލަތުން ދައުވާ ކުރައްވަނީ ގިނަ ބައެއްގެ އަތުން ހިޔާނަތްތެރިވެފައިވާތީވެ އެކަމުގެ ދައުވާ ނަމަވެސް ދައުލަތުން ހުށައަޅާފައިވާ މިދައުވާއަކީ ގާނޫނުލް އުގޫބާތުގެ 149 ވަނަ މާއްދާގެ ދަށުން ހިޔާނާތުގެ ދައުވާ ކުރެވިދާނެ ކަމަކަށް ކޯޓަކަށް ގަބޫލެއް ނުކުރެވޭ،" ކުރިމިނަލް ކޯޓުގެ އިސް ގާޒީ މުހަންމަދު ވިދާޅުވިއެވެ.
ޝަރީއަތުގައި ދައުވާއަށް ޖަވާބުދާރީ ވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މަލީޝާ ގުރޫޕުން މިފައިސާ ނެގުމަށް މަލީޝާ ގުރޫޕުގެ ފަރާތުން ވެސް އަދި އިސްމާއީލް އަބުދުއްލަތީފް ގެ ފަރާތުން ވެސް އެއްވެސް އިއުލާނެއް ކޮށްފައިނުވާ ކަމަށާއި، ނަމަވެސް ފައިސާ ހަވާލުކޮށްފައިވާ ފަރާތްތަކަށް މަލީޝާ ގުރޫޕުން ދީފައިވާ ލިޔުންތަކުގައި މިފައިސާ ބަލަހަށްޓައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ސާދަސަތޭކަ ތެތްތިރީސް ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ މަލީޝާ ގުރޫޕުުން 170 އަށްވުރެ ގިނަ މީހުންގެ އަތުން 8.6 މިލިއަން ރުފިޔާ ނަގާފައިވެ އެވެ.
މަލީޝާ ގުރޫޕުން ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާތީ އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އެ ގްރޫޕުގެ ވެރިޔާ އިސްމާއީލް އަބުދުއްލަތީފްގެ ގޭގެ ކުރިމަތީގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށެވެ.
ހދ. މަކުނުދޫ އޮފީހުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ތަކެއް ކުރީގެ ކައުންސިލަރު އަބްދުﷲ ޙަމީދާއި އެޑްމިނިސްޓްރޭޓިވް އޮފިސަރު ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާތީ އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މަކުނުދޫ އޮފީހުން އެކިފަރާތްތަކަށް ހަވާލު ކުރަންޖެހޭ ފައިސާ ހދ. މަކުނުދޫ އޮފީހުގެ ކުރީގެ ކައުންސިލަރު ޢަބްދުﷲ ޙަމީދު ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ޚިލާފަށްކަމާއި، އޭނާ ނެގި ފައިސާގެ ތެރެއިން ތިން ފަރާތަކަށް ހަވާލުކުރަންޖެހޭ ފައިސާ އެފަރާތްތަކަށް ލިބިފައިނުވާ ކަމަށެވެ.
އަދި ފައިސާ ލިބެންނުޖެހޭ ފަރާތެއްގެ ނަމުގައި ފައިސާ ނަގައި ޙަމީދު ހަވާލުވެފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، އެއީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދަން ކޮށްފައިވާ ޢަމަލެއްކަމަށްވާތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ހަމީދުގެ މައްޗަށް ދަޢުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން މަކުނުދޫ އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެފަރާތްތަކުގެ ލިޔުމެއްނެތި، މަކުނުދޫ އޮފީހުގެ ކައުންސިލަރު ޙަމީދާ ޙަވާލުކޮށްފައިވަނީ، އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަކުނުދޫ ، ފެހިވިނަ، އާދަމް މުޙައްމަދު ކަމަށާއި އެއީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ ޚިލާފަށް އޭނާ ކޮށްފައިވާކަމެއް ކަމަށްވާތީ އޭނާގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ