ސިވިލްކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް އެ ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަލީ ރަޝީދު ހުސައިން އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސިވިލްކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ޖޭއެސްސީން ބޭފުޅަކު އައްޔަން ކުރަން ނިންމީ ދިވެހިރާއްޖޭގެ ކޯޓުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގެ ދަށުން ސިވިލްކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތާ ގުޅިގެން ސިވިލް ކޯޓުގައި ތިއްބެވި ގާޒީންގެ ތެރެއިން އެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން “ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އިސް ގާޒީން ހަމަޖެހިފައިނުވާ ކޯޓްތަކަށް އިސް ގާޒީން ހަމަޖެއްސުމަށް އެކުލަވައިލި ޕެނަލުން އިންޓަވިއު ކުރުމަށްފަހު މާކްސް ޝީޓުގެ ލިސްޓުގައިވާ ތަރުތީބުން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ އަލީ ރަޝީދަށް ކަމަށް ވާތީ އެވެ.
އިސް ގާޒީ ކަމުގެ ހުވާ އަލީ ރަޝީދު ކުރައްވާނީ މާދަމާ އެވ.
ސިވިލް ކޯޓްގެ އިސް ގާޒީ ކަމަށް އަލީ ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ