މިއަދު ހަވީރު މާލޭގައި ގައުމީ ދިދަ ބަހަނީ

ރާއްޖޭގެ 49 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ދިވެހި ގައުމީ ދިދަ ބެހުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ހޯމް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއަދު ހަވީރު 4:30 އިން ފެށިގެން މާލޭގެ 6 ސަރަހައްދެއްގައި ގައުމީ ދިދަ ބެހުމަށް ހަމަޖެހިފައިވެ އެވެ.
ދިދަ ބެހުމުގެ ރަސްމީކޮށް ރަސްމީކޮށް ފައްޓަވައިދެއްވާނީ ރަސްމީ ފާލަން ކައިރިން ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދިދަ ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ރަސްމީ ފާލަން ކައިރިންނާއި އުސްފަސްގަނޑުންނާއި މާލޭ ޖަލު ހުންނަ ސަރަހައްދުންނާއި އާޓިފިޝަލް ބީޗް ސަރަހައްދުންނާއި ކަސްޓަމް ބިލްޑިން ސަރަހައްދުންނާއި ކަސްޓަމް ބިލްޑިން ސަރަހައްދު އިންޖީނުލީ އުޅަނދު ދުއްވަން ދަސްކުރުމުގެ ޓެސްޓް ހަދާ ސަރަހައްދުން ކަމަށެވެ.
ހިފައިގެން ގެންގުޅެވޭ ވަރުގެ ކުދި ދިދައިގެ 15،000 އާއި 20،000 ދެމެދުގެ އަދަދަކަށް ދިދަ މިއަދު ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ގައުމީ ދިދަ ބެހުމުގެ ހަރަކާތުގައި އެސްޓީއޯ، ސްޓެލްކޯ، އެމްޓީސީސީ، ބީއެމްއެލް އަދި ދިރާގު މުވައްޒަފުން ބައިވެރިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ