ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް ނިމި ނަތީޖާ ފާޅުކޮށްފި

ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށީދޫ ދާއިރާގެ ދެރަށް ކަމުގައިވާ ކާށީދޫ އަދި ގާފަރުގައި ކުރިޔަށް ގެންދިޔަ ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް ނިމި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުންދީފި އެވެ.
މިމުބާރާތުގެ އެއްވަނަ ހޯދީ ކާށިދޫ އައްސިދަ މަރިޔަމް އަރީން އީސާ އެވެ. ކާށިދޫ ދާއިރާއަށް ހާއްސަކޮށްގެން ފައިސަލް ފައުންޑޭޝަނުން ބޭއްވި ދެވަނަ ގުރުއާން މުބާރާތުގެ ދެވަނަ ހޯދީ ގާފަރު އަސަރީއާގޭ ޒާޔާ ނަސީމެވެ. އަދި ތިންވަނަ ހޯދީ ގާފަރު ރަތްބަގީޗާގޭ އައިޝަތު ސައްހާ އެވެ.
މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ހުށައަޅާފައި ވާއިރު، ދެވަނަ އިނާމަކީ މޯލްޑިވިއަން ދަތުރުކުރާ ކޮންމެވެސް އެއް މަންޒިލަކަށް ދެކޮޅު ޓިކެޓެއްގެ އިތުރުން ރީފްސައިޑުން ހުށަހަޅާފައިވާ 42 އިންޗީގެ ޓީވީއެކެވެ. އަދި ތިންވަނަ އިނާމަކީ މޯލްޑިވިއަން ދަތުރުކުރާ ކޮންމެވެސް އެއް މަންޒިލަކަށް ދެކޮޅު ޓިކެޓެވެ.
ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު އެވެ.
ކާށިދުއާއި ގާފަރުގައި ވަކިވަކިން ބޭއްވި މި މުބާރާތުގައި 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ