ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި ޤުރްއާން މުބާރާތެއް ބާއްވަނީ

ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި ކ.ކާށިދޫގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ “ފައިސަލް ފައުންޑޭޝަން” ގެ ފަރާތުން އިންތިޒާމްކޮންގެން މިދިޔަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ކާށިދޫ އަދި ގާފަރުގެ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ޤުރުއާން ކިޔެވުމުގެ މުބާރާތް “ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނީ ޤުރްއާން ކިޔެވުމުގެ މުބާރާތް” މިނަމުގައި މި އަހަރުން ފެށިގެން ކޮންމެ ރަމްޟާން މަހަކު ބާއްވާގޮތަށް ފައިސަލް ފައުންޑޭޝަނުން ވަނީ ނިންމާފައެވެ.
މިގޮތަށް ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އާއި ކާށިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ސްޓޭޝަން އިންޗާރޖް ޕޮލިސް ސ.ސާރޖަންޓް ޢަބްދުﷲ ޝިހާމް ބައްދަލުކޮށް އެދުނު އެދުމުގެ މަތިންނެވެ.
މިމުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 25 އިން 27 އަށް ކ.އަތޮޅު މަދަރުސާގައެވެ. މިމުބާރާތުގެ އެއް ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުން ޢުމުރާދަތުރެއް ވަނީ ހަމަޖެހިފައެވެ.
ޝަހީދު ޕޮލިސް ސާރޖަންޓް އާދަމް ޙަލީމަކީ ފުލުހުންގެ ޔުނީފޯރމްގައި ރަސްމީ ޑިއުޓީގައި ހުއްޓައި ވަޅިން ހަމަލާދީ، 2012 ޖުލައި 23 ވަނަދުވަހު ޝަހީދުކޮށްލައިފައިވާ ކާށިދޫއަށް އުފަން ފުލުހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ