ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެމައްސަލަ ބަލައިނުގަތުމަށް ނިންމުމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެމައްސަލަ ބަލައިގެންފި އެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނިހާދު އެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ ފޭދޫ ދާއިރާގެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ނިހާދުގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ.
ރަޖިސްޓްރާ ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ ނިންމުންތައް ބަލައި ގޮތެއް ނިންމުމުގެ ބާރު ހައިކޯޓުގެ ގަވައިދުން ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ދީފަ އެވެ.
އިންތިހާބީ މައްސަލަތަށް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އެމުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އަދި އިންތިހާބުގެ މައްސަލަތަކާއި މެދު ކޯޓުން ގޮތެއް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހެެވެ.
ފޭދޫ ދާއިރާގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ