އުމުރުން ދުވަސްވީ މީހުންނާމެދު އަމަލު ކުރަން ޖެހޭނީ އޯގާތެރިކޮށް ކަމަށާއި އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނު ސުއޫދު ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކާ ހެދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މިދިޔަ މަހު 5 ވަނަ ދުވަހުން ފެށިގެން ރައީސް މައުމޫން އަދިވެސް ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމެވުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެއް އެމަނިކުފާނު ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުއޫދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވަނީ ރައީސް މައުމޫންގެ އުމުރުން 82 އަހަރުގައި އެމަނިކުފާނު ޖަލަށްލާ ބަންދުކޮށްފައި ބެހެއްޓުމަކީ ނުލަފާ ކަމެއް ކަމަށެވެ. އަދި އިންސާނުންނަށާއި ހާއްސަކޮށް ދުވަސްވީ މީހުންނާ މެދު އަމަލު ކުރަން ޖެހޭނީ އޯގާތެރިކޮށް ކަމަށާއި އެންމެ ކުޑަމިނުން ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް ގޮވާލާ ކަމަށް ސޫދު ވިދާޅުވި އެވެ.
ރައީސް މައުމޫންގެ މައްޗައް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އޭގެ އިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. އެއިން އެއްވެސް ދައުވާއެއްގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.
އެންމެ ކުޑަ މިނުން މައުމޫން ގޭ ބަންދަށް ބަދަލުކޮށްދީ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ