އެކްސް ފުޓްސަލް ޗެލެންޖު 2018 ގެ ގުރުނަގައިފި

ފިތުރު ޢީދު ދުވަހު ޅ. ހިންނަވަރުގައި ފެށުމަށް ހަމަޖެހިފައިވާ އެކްސް ފުޓްސަލް ޗެލެންޖު 2018 ގެ ގުރުނަގައިފިއެވެ.
ހިންނަވަރު އެކްސް ބޯއިސް އިން އިންތިޒާމުކުރާ މިއަހަރުގެ އެކްސް ފުޓްސަލް ޗެލެންޖުގައި ޖުމްލަ 12 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިއަށް ދިޔުމަށްފަހު ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެޓީމެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
މީގެކުރިން އެކްސް ބޯއިސްއިން ވަނީ މިމުބާރާތް 2 ފަހަރު ބާއްވާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމަލް 11 ޓީމު ބައިވެރިވިއިރު، ޗެމްޕިއަންކަން ހޯދީ ސްކޯޕިއަން ރިޓާންސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ