ކުރިން އެންގުމަކާ ނުލައި އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއަތު ގާނޫނަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ގާނޫނު ތަންފީޒު ކުރާ އިދާރާއަކުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ލިބޭނީ ފުލުހުންނަށް އެކަންޏެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނެއްގައި ތިބި ބަޔަކަށް އަންގައިފިނަމަ ބަލާ ފާސް ކުރުމުގެ މަގުސަދު ގެއްލޭނަމަ ހިނދުކޮޅެއް ކުރިން އެކަން އެނގުމުގެ ބާރު ފުލުހުންނަށް ލިބޭނެއެވެ. އޭގެއިތުރުން އެތަން ބަލައި ފާސް ކުރަން ދާ ކަން ކުރިން އަންގައިފި ނަމަ ފާސް ކުރުމުގެ މަގުސަދު ގެއްލިދާނެ ކަމަށް ފެންނަ ނަމަ ކުރިން އެނގުމަކާ ނުލައި ވެސް އެތަނަކަށް ވަނުމުގެ ބާރު ލިބޭނެއެވެ.
ޖިނާއީ އިޖުރާއަތު ގާނޫނު މިހާރު އޮތް ގޮތުން ތަންފީޒު ކުރާ އިދާރާއަކުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެނަމަ އެތަނެއްގެ ވެރިފަރާތުގެ ރުހުމެއް ނެތް ހާލަތެއްގައި އެތަނަށް ވެދެވޭނީ ކޯޓު އަމުރަކާ އެކުގައިއެވެ.
ކުރިން އެނގުމަކާ ނުލާ އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ