މެދުނުކެނޑީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދިނުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް ކަރަންޓާއި ގުޅޭ އެކިއެކި ސިޔާސަތުތައް އެކުލަވާލައި ގެންދަނީ ޢަމަލުކުރަމުނެވެ.
އެގޮތުން މާލޭގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް ސްޓެލްކޯއިން އެކި އެކި މަޝްރޫޢުތައް ހިނގަމުން އަންނައިރު، ސްޓެކްކޯޯއާއި ފެނަކަ ކޯޕަރޭޝަނުން އަންނަނީ އަތޮޅުތެރޭގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެެވެ.
އެގޮތުން ކަރަންޓުގެ ވިއުގަ ރަނގަޅުކޮށް ރައްޔިރުންނަށް އަގުހެޔޮކޮށް ކަރަންޓު ފޯރުކޮށްދިނުމަށް ވޭތުވެދިޔަ ހަތަރު އަަހަރު ސަރުކާރުންވަނީ ގިނަގުނަ މަޝްރޫޢުރައް ހިންގައި، މިހާރުވެސް ގެންދަނީ ހިންގަމުންނެވެ.
އެގޮތުން މިހާރު ހިންގަމުންދާ ކަރަންޓުގެ އެންމެ ބޮޑު މަޝްރޫޢުއަކީ މާލޭ ސިޓީގެ ކަރަންޓުގެ ވިއުުގަ ރަނގަޅުކޮށް، ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ހުޅުމާލޭގައި ކުރިއަށްގެންދާ 50 މެގަވޯޓްގެ ސްޓެލްކޯ ފިފްތް ޕަވަރ ޕްރޮޖެކްޓެވެ. މި މަޝްރޫޢުއަކީ 1200 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެދަށުން މާލެ-ހުޅުލެ ބްރިޖް މެދުވެރިކޮށް މާލެއާވެސް ކަރަންޓުގެ ވިއުގަ ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަތޭކަ ފަންސާސްހާސް މީހުންގެ ޢާބާދީއަށް ޢަމާޒުކޮށްގެން ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވައްސައްވެސް މި ޕްރޮޖެކްްޓްގެ ދަށުން ކަރަންޓު ގުޅާލެވިގެންދާނެއެވެ.
މީގެއިތުރުން ކަރަންޓު އަގުހެޔޮކޮށް ރާއްޖެއިން ލިބެންހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ޢިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުއަކީވެސް ފާހަގަކޮށްލެވޭ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެދަށުން މީހުން ދިރިއުޅޭ ކޮންމެރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެ މަތީ އަދަދުގެ ތިރީސް އިންސައްތައަށް އިޢާދަކުރަނިވި ހަކަތަ ޤާއިމުކުުމަށް ހަމަޖެހިފައިވެއެވެ. އޭގޮތުން މިމަޝްރޫޫގެ މަސައްކަތްތައް މިހާރުވެސް 17 ރަށެއްގައި ނިމި ގެންދަނީ އަވިން އުފައްދާ ހަކަތަ ބޭނުންކުރަމުންނެވެ. އިތުރު 27ރަށުގައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު 26 ރަށެއްގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ބަޔަކާއި ހަވާލުކުުރުމުގެ މަސައްކަތް އެންވަރރަމެންޓް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. މީގެއިރުން ކަމާއިގުޅޭ ދިރާސާތައް ހެދުމާއި ފީސިބިލިޓީ ސްޓަޑީސްތައް ހެދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އަތޮޅުތެރޭގެ ކަރަންޓުގެ ވިއުގަ ރަންގަޅުކުރުމަށް ފެނަކައިންވެސްވަނީ ވޭތުވެދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރަށްރަށުން ކަރަންޓުކެނޑޭ މައްސަލަތައް ޙައްލުކުރުމަށް 177 އިންޖީނުވަނީ އެކިރަށްރަށަށް ފޯރުކޮށްދީފައެވެ. އަދި ކޭބަލްގެ މައްސަލަތަކުގެ ސަބަބުން ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތް ކުޑަކުރުމަށް 50 ރަށެއްގެ ކޭބަލް ނެޓްވަރކް ރަނގަޅުކޮށްފައިވެއެވެ. މީގެއިތުރުން ޢާއްމުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ދިހަ ރަށެއްހެ އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދުތަކަށްވަނީ ބަދަލުކޮށްފައެވެ. މިކަންކަމުގެ އިތުރުންވެސް ޚިދުމަތް ފުޅާކޮށް އަޕްގްރޭޑްކުރުމުގެ ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.
ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމަށް ކޯށްފައިވާ މަސައްކަތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ