ސަރުކާރުގެ ނުފޫޒުން އިދިކޮޅު ކޮންމެ ސިޔާސީ ލީޑރަަކު ކޮންމެ މަޤާމަކަށްލީ ނަމަވެސް (ކޮންމެ ފަދަ ފިއްތުންތަކެއްގައި، ކޮންމެފަދަ އަނިޔާއެއްގައި ބެހެއްޓި ނަމަވެސް) ގެއްލިފައިވާ ހައްޤުތައް ހޯދަން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހހީމް އަށް ކޮންމެ ފަދަ ޝަރުޠެއް ކޮށްފައި ނަމަވެސް އެމަނިކުފާނު ބަންދުން މިނިވަންކޮށް ދިނުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވ. އަދި ސަރުކާރާއި ދެކޮޅު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އިތުރު ހިތްވަރެއް ކަމަށެވެ.
ސަމީރު ވިދާޅުވީ 19 ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އިންސާފުން ބޭރުން ކަމަށާއި ހަމައެކަނި ފުލުހުންނަށް ލިބުނު އެޕެންޑްރައިވް ފަަދަ އިންޓެލިޖެންސް ރިޕޯޓެއްގހެ މައްޗަށް ކަމަށެވެ. ސަމީރު ވިދާޅުވީ 19 ދުވަސްވަންދެން ފުލުހުން ޤާސިމް އިބްރާހީމްއަށް ދިން އަނިޔާގެ ބަދަލު ލިބެންޖެހޭނެ ކަމަށާއި ނަމަވެސް އެ ބަދަލު ހޯދަން ދާނެ އެއްވެސް ތަނެއް މިހާރު ނެތް ކަމަށެވެ.
ސަމީރު އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކޮށް ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް އިންށަފު ހޯދަން އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް ނުހުއްތުވޭނެ ކަމަށާއި އެ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށެވެ. ދުވަސްވާްވަރަކަށް އިދިކޮޅު ފަރާތްތަކާއި ގުޅޭ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.
ފުލުހުންގެ އިންޓެލިހެންސް ރިޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެހެންކަމަށްވާއިރު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބުރަވެ މިހައި ދިގު މުއްދަތަަށް ސިޔާސީ ލީޑަރުން ބަންދުގައި ބަހައްޓާތީ ގިނަ ބައަކު ގެންދަނީ ސުވާލުތައް އުފައްދައި ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ކޮންމެ ލީޑަރެއް ކޮންމެ މަޤާމަކށްލިއަސް ހައްޤުތައް ހޯދަން ރައްޔިތުން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނަން: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ