ކޮވިޑް-19 ޖެހިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް އަވަހާރަވެއްޖެ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ.އޭނާ އަވަހާރަވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭ މެންދަމު 2:00 އެހައިކަންހާއިރުއެވެ.މުޖްތާޒް އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އާއިލާ އާއި އެކު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ. މުޖުތާޒް އަކީ ލ.އަތޮޅު ބޭފުޅެކެވެ. ކޮވިޑްގެ ބައެއް އަލާމަތްތައް ފެނި ވަޑައިގެން ޓެސްޓް ކުރެއްވުމުން ކޮވިޑަށް ޕޮޒިޓިވްވެ، ފުރަތަމަ ފަރުވާ ހޯއްދެވީ ގަމުގެ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެ މަނިކުފާނު އަވަހާރަވީ ފަހުން އިތުރު ފަރުވާއަށް މާލެ ގެންނަވައި މައި ހޮސްޕިޓަލް ދަރުމަވަންތާގައި ދަނީ ފަރުވާ ދެމުން ދަނިކޮށެވެ. އަލްއުސްތާޛު މުޖުތާޛު ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި އެތައް އަހަރެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. މުޖުތާޛު ފަހްމީއަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ފުރަތަމަފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓު ޤާއިމުކުރެވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެވުނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ ވަނީ 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވުމަށްފަހު މިހާރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ