ރާއްޖޭގެ މުއާސަލާތީ ދާއިރާ ބަދަލުކޮށްލައި އެ ދާއިރާ ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި އުރީދޫ ރާއްޖޭގައި ހަރަކާތްތެރިވާން ފެށިތާ މިއަދަށް 20 އަހަރު ފުރުމާ ގުޅިގެން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފަ އެވެ. މިކެމްޕެއިންގެ ދަށުން:
އުރީދޫގެ ކޮންމެ ހިދުމަތަކަށް 250ރ. ނުވަތަ އެއަށް ވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނަގާނެ
19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ދޭނެ
20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދޭނެ
މިއަދުން ފެށިގެން މި މަހު 7ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން %20އާ ހަމައަށް ބޯނަސް ލިބޭނެ އެވެ. މި ބޯނަސް ޑޭޓާ 4 ހަފުތާއަށް ބޭނުންކުރެވޭނެ އެވެ.
މި މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް 'މައި އުރީދޫ' އެޕްގައިވާ 'ސްޕިން ދަ ވީލް' ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ އެވެ.
އޮގަސްޓް މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން %5ގެ ޑިސްކައުންޓެއް ދޭނެ އެވެ.
އުރީދޫ މޯލްޑިވްސްއަށް 20 އަހަރު: ހާއްސަ އޮފާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ