ދިރާގު ޕްރިޕެއިޑް ޕްރޮމޯޝަން: 20ރ. ރީލޯޑްކޮށްގެން އަގުހުރި އިނާމުތަކެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން 20ރ. ނުވަތަ އެއަށް ވުރެ ގިނައިން ރީލޯޑުކޮށްގެން ފަސޭހަކަމާ އެކު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އޮންނާނެ އެވެ.
ތަފްސީލް - މި އިނާމުތަކަކީ:
ޕްލޭސްޓޭޝަން 5 ސްލިމް
ޑެލް ލެޕްޓޮޕް
ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސް
ކޮންސިއާޖް ގްރޫޕުން 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރު؛ ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ)، ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދޭނެ
މި އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވާނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީޑްރޯއަކުންނެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ