ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 22) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް، 150 މިލިއަން ޑޮލަރުގެ ފީ އެއް ދީފައި ގަންނަން، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކްގެ ސޮއި ހޯދަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ.
އިސާކްގެ ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ނަމަވެސް، އޭނާ ވަނީ ރިޕޯޓްތައް ބުނާގޮތުން، ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުން ވެސް އިސާކް ގަންނަން ނިއުކާސަލަށް ހުށަހަޅަން ތައްޔާރުވި ނަމަވެސް، އެ ކްލަބުން އަންގާފައިވަނީ އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި، އަމުދުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިސާކް ދޫކޮށްލަން ނިއުކާސަލް އިން ބޭނުންނުވާ ސަބަބަކީ، އެ ކްލަބުން ފާރަލި، އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅޭ ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ، ލިވަޕޫލަށް ބަދަލުވާން ނިންމުމުންނެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ކުރިން ކުޅުނު އިސާކް ވަނީ ނިއުކާސަލަށް މިހާތަނަށް ކުޅެދިން، 109 މެޗުން 62 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. ސިމޯން އިންޒާގީ ކޯޗުކޮށްދޭ އަލް ނަސްރުން ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި މި ވަގުތު އެއް ވަނަ ޓާގެޓަކީ އިސާކް އެވެ.
އަލް ހިލާލުން 150 މިލިއަން ޑޮލަރު ދީފައި އިސާކް ގަންނަން ތައްޔާރު އަލް ހިލާލުން 150 މިލިއަން ޑޮލަރު ދީފައި އިސާކް ގަންނަން ތައްޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ