މޯލްޑިވިއަނަށް ޕައިލެޓުން ހޯދަނީ
ގައުމީ އެއާލައިން މޯލްޑިވިއަން އަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި އެވެ.އެ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭސް) އިން ހޯދަން އިއުލާންކުރީ އޭ330 ގެ ކެޕްޓަންގެ މަގާމަށް އޭޓީއާރްގެ ކެޑޭޓް ޕައިލެޓުންނެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އައިކާއޯ އޭޓީޕީއެލް ލައިސަންސް އޮތުމާއި އެ މަރުކާގެ ފްލައިޓް އުދުހުމުގައި މަދުވެގެން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.މީގެ އިތުރުން އޭޓީއާރް ކެޑޭޓް ޕައިލެޓްގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ކޮމާޝަަލް ޕައިލެޓް ލައިސަންސް މަލްޓި އިންޖީން އިންސްޓްރުމަންޓް ރޭޓިން އޮތުން ހިމެނެ އެވެ. މީގެ އިތުރުން (އޭޓީޕީއެލްއޭ) ތިއަރީން ފާސްވުމަކީ ވެސް ޝަރުތެކެވެ.މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.ގައުމީ އެއާލައިންއަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފައިވާއިރު މި އަހަރު އިތުރު ވައިޑް ބޮޑީ ފްލައިޓެއް އެއާލައިނަށް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ