މިއަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ދެއްކި ފޯކްލެންޑްގެ ސިޔާސީ ބެނާގެ މައްސަލަ ބަލަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.
އާޖެންޓީނާ މިހާރު ތައްޔާރުވަމުންދަނީ އަންނަ އާދީއްތަ ދުވަހު ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަށެވެ.
އާޖެންޓީނާއާއި އިނގިރޭސިވިލާތާ ދެމެދު ފޯކްލެންޑް ޖަޒީރާތަކާ (މަލްވިނާސް) ގުޅިގެން އުފެދިފައިވާ މި ދެބަސްވުމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އައިސްފައިވާ ދިގުލީ ސިޔާސީ މައްސަލައެކެވެ. 1982 ވަނަ އަހަރު މި ޖަޒީރާތަކުގެ ސިޔާދަތީ ބާރުވެރިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގާފައިވާއިރު، އެ ހަނގުރާމަ ނިމުނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށަށް އެ ރަށްތައް އަލުން ދިއުމާއެކުއެވެ.
އެ ހަނގުރާމައިގައި 649 އާޖެންޓީނާ ސިފައިންނާއި 255 އިނގިރޭސި ސިފައިން މަރުވެފައިވާއިރު، މިއަދާ ހަމައަށްވެސް އެ ޖަޒީރާތަކަކީ އަމިއްލަ ތަނެއް ކަމަށް އާޖެންޓީނާއިން ދަނީ ވަކާލާތު ކުރަމުންނެވެ.
އާޖެންޓީނާގެ ފޯކްލެންޑްސް ބެނާ މައްސަލަ ބަލަން ފީފާއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ