ހޫނު މޫސުން ނިމެންދެން މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ހުކުރު ދުވަހުގެ ހުތުބާ އާއި ހުކުރު ނަމާދު ކުރާ ވަގުތު ކުރުކުރަން ސައުދީ އަރަބިއާގެ ސަރުކާރުން ނިންމައިފިއެވެ.
މިދުވަސްވަރަކީ ސައުދީ އަށް އިންތިހާއަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާއިއެކު، ސައުދީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ހޫނު މޫސުން ނިމެންދެން ހުކުރު ނަމާދާއި ހުތުބާ އަށް ހޭދަކުރާނީ 15 މިނިޓެވެ.
ހަމައެއާއިއެކު، ހުކުރު ދުވަހުގެ ފުރަތަމަ ބަންގި އާއި ދެވަނަ ބަންގިއާއި ދެމެދު މީގެކުރިން 30 މިނިޓާއި 45 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް މި ބަދަލާއިއެކު، ހޭދަވާނީ 10 މިނިޓެވެ.
Advertisement
މިއީ ހޫނުގެ ސަބަބުން އާއްމުންނާއި އަޅުކަން ކުރުމަށް ސައުދީ އަށްދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށް އެގައުމުން ބުނެއެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ވެސް ސައުދީ އަށް ހޫނު ވާނެ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން ނިޔާވި ހައްޖުވެރިންގެ އަދަދު 200 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
ހޫނު މޫސުން ނިމެންދެން ދެ ހަރަމުގައި ހުކުރު ވަގުތު ކުރުކުރަން ސައުދީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ