ކަރަންޓު ބިލުތަކާ ގުޅޭ 6،500 އަށްވުރެ ގިނަ ޝަކުވާއަށް ސްޓެލްކޯއިން ޖަވާބުދީފި

ފާއިތުވި މަހުގެ ކަރަންޓު ބިލުތަކާ ގުޅިގެން 6،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 
ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި ސްޓެލްކޯއަށް ފާޑުކިޔާފައިވަނިކޮށް އެ ކުންފުނިންވަނީ އެކި ވަސީލަތްތަކުގެ ޒަރީއާއިން އެކަމާ ގުޅޭ ޝަކުވާތައް އެ ކުންފުންޏާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. 
އެގޮތުން ފޯނުން ގުޅައިގެންނާއި، ވައިބާއާއި ވަޓްސްއަޕާއި ޓެލެގްރާމާއި، ފޭސްބުކާއި، ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ފުރުސަތު ހުޅުވައިލިއެވެ. އަދި ހުށަހަޅާ ހުރިހާ ޝަކުވާއަކަށް 24 ގަޑިއިރުތެރޭ ޖަވާބުދޭނެކަމަށްވެސް އެ ކުންފުނިން އިއުލާނުކުރިއެވެ. 
މިއަދު ސްޓެލްކޯއިން ހާމަކުރި ގޮތުގައި މިހާތަނަށް އެ ކުންފުންޏަށް ކަރަންޓު ބިލާ ގުޅޭ 6،794 ޝަކުވާއެއް ލިބިފައިވެއެވެ. އޭގެ ތެރެއިން 659 ޝަކުވާއަކީ ފޯނުން ގުޅައިގެން އެ ކުންފުންޏަށް ހުށަހަޅާފައިވާ ޝަކުވާތަކެވެ. އަދި 6،135 ޝަކުވާއެއް ހުށަހަޅާފައިވަނީ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 
އެ ކުންފުނިން ބުނެފައިވަނީ މިހާތަނަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް ސައުވީސް ގަޑިއިރުގެ ތެރޭގައި ޖަވާބުދީފައިވާނެ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ