މަޖިލިސް އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ލަފާދޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް މަޖިލީސް އިންތިޚާބުގެ ވޯޓުލާ ވަގުތު 8:00 އިން 5:30 އާ ހަމައަށް އިތުރުކުރާށެވެ. ކުރިން ނިންމާފައި އޮތީ 8:00 އާއި 4:00 އާ ދޭތެރޭ ވޯޓުލާ ގޮތަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ. ވޯޓުލާ ވަގުތު އިތުރުނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ވެއްޖެ ނަމަ ވޯޓުލާ މީހުންގެ އަދަދު ދަށްވެދާނެކަމުގެ ކަންބޮޑުވުން ވެސް ލަފާދޭ ކޮމިޓީގެ މެންބަރުން އިއްޔެ ފާހަގަކުރިއެވެ.މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ