ގދ. ފިޔޯރީގެ އަވަށްތަކުގެ މެދުގައި ކުޅެވޭ ފޯރިގަދަ ” ޕޯޓްސައިޑް ފިޔޯރީ އަވަޓެ ވާދަ 2024″ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ތައްޔާރުވެއްޖެއެވެ.
11 އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން މިއަހަރުގެ ރަމަޟާން މަހުގައި މި މުބާރާތް ބޭއްވުނުއިރު، މި މުބާރާތަކީ ފިޔޯރީ ތިން އަވަށުން ވާދަކުރާ ވަރަށް ފޯރިއާއި އެކު ކުރިއަށް ދާ މުބާރާތެކެވެ.
ޖުމުލަ 3 ޓީމު ވާދަކުރާ މި މުބާރާތަކީ ޓީމަކަށް 8 ކުޅުންތެރިން ހިމެނޭގޮތަށް ކުޅޭ (8-އަ-ސައިޑް) ފުޓުބޯޅަ މުބާރާތެކެވެ. ފުޓްސަލް ގަވައިދަށް ކުޅޭ މި މުބާރާތުގައި ވާދަކުރި ތިން ޓީމަކީ ކަރަންކާ، ޗާންދަނީ އަދި ލިލީއެވެ.
މިމަހުގެ 24 ގައި ފެށި މި މުބާރާތް ކުރިއަށް ދިއައީ ލީގު އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެފަހަރު ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު މުބާރާތުގެ ފައިނަލުގައި ކުޅޭ ގޮތަށެވެ. އެގޮތުން ދެ ބުރުގެ ކުޅުން ނިމުނު އިރު އެންމެ ގިނަ ޕޮއިންޓު ހޯދައިގެން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކަރަންކާ އަދި ޗާންދަނީއެވެ.
ކޮންމެ ޓީމަކުންވެސް ހަތަރު މެޗު ކުޅުނު އިރު، ކަރަންކާ ފައިނަލުގެ ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ޖުމުލަ 9 ޕޮއިންޓާއި އެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޗާންދަނީ އަށް ފައިނަލުގެ ފުރުސަތު ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ޖުމުލަ ހަ ޕޮއިންޓު ހޯދައިގެން ދެވަނަ ޓީމުގެ ގޮތުގައެވެ.
ފައިނަލުގެ ފުރުސަތު ގެއްލުނު ލިލީއަށް ލިބުނީ ކުޅުނު ހަތަރު މެޗުން އެންމެ ތިން ޕޮއިންޓެވެ. އެއީ އެންމެ މެޗަކުން މޮޅުވެގެންނެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.
ޗާންދަނީ އަދި ކަރަންކާ ބައްދަލުކުރާ ފައިނަލް މެޗުގެ ކުޅުން ފަށާނީ މިރޭ 11:00 ގައެވެ. މެޗު ކުޅޭނީ ހުޅުމާލޭ އެޗްޑީސީ ޓާފް ދަނޑުގައެވެ.
ރޯދަ މަހު، ކަރަންޓުގެ ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން އައްޑޫގައި އައްސޭރި ޓޫރިޒަމް ފެށުމަށް އަންނަނީ ތައްޔާރުވަމުން އައްޑޫ ބްރިޖުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކުގައި ގިނަގިނައިން ކުރުން މޮޅުއި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ