ސްޓެލްކޯގެ ޗެއަރމަން ކަމަށް ކުރީގެ މެމްބަރު އިބްރާހިމް ދީދީ ހަމަޖައްސަވައިފި

ސްޓެލްކޯގެ ޗެެއަރމަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ރިޓަޔަރޓް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ހަމަޖައްސަވައިިފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރިކަން ހާމަކުރީ ސަރުކާރުގެ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު(ޕީބީސީ) އިންނެވެ.
އިބްރާހިމް ދީދީ ސްޓެލްކޯގެ ޗެއަރމަންކަމަށް ހަމަޖެއްސެވުމުގެ ކުރިން އެ މަގާމް ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު އަވަހާރަ ވުމާއި ގުޅިގެންނެވެ.
އިބްރީހިމް ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ އިތުރުން މާލޭ އޭރިއާގެ ކޮމާންޑަރު ކަމުގައި އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ