ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު، ރައްޔިތުން ގަބޫލު ކުރާ ހިދުމަތެއް ދޭ ކުންފުންނަކަށް ސްޓެލްކޯ ހަދާނަންކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.
ސްޓެލްކޯގެ ފަރާތުން ކުރިއަށްގެންދާ ޓްރެއިނިން ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިޙާރު މި ވަނީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހިދުމަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހިފައިކަމަށެވެ.
އެންމެ މިނިޓަކަށް ކަރަންޓު ކެޑުނު ނަމަވެސް ސްޓެލްކޯ ހިންގޭކަމަށް ނުވާކަމަށާއި، ކަރަންޓު ބިލް ކަސްޓަމަރުން އަތައް ލިބޭއިރު އެ ބިލް ބޮޑުވެފައިވާނަމަ ސްޓެލްކޯއަކީ ހިންގުތެރި ތަނަކަށްވެސް ނުވާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނަށް ގަބޫލު ނުކުރެވޭ ވަރަށް ކަރަންޓް ބިލް ބޮޑުވާނަމަ ކުންފުނީގައި ތިބި މީހުންނަކީ ތަންދޮރު ދަންނަ ބަޔެއްނޫންކަމަށް ބުނެ ނޭދެވޭ ވާހަކަތައް އަމާޒުވެގެންދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކުންފުނިން މިކަމާއިމެދު ވިސްނާ ފިކުރުކުރަން ޖެހޭކަމަށާއި، އަދި މި ސަގާފަތް ބަދަލު ވާނެ ގޮތެއް ހޯދަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި މިއީ ނުވާނެ، އުދަގޫކަމެއް ނޫންކަމަށާއި އެގޮތުން މިކަން ހާސިލްކުރުމަށްޓަކައި ފުރަތަމަ ބޭނުންވަނީ ހެޔޮ ނިޔަތެއްކަމަށް ފާހަގަކުރައްވިއެވެ.
ރައްޔިތުންގެ ކުރިމަތީގައި މަގުބޫލު، ރައްޔިތުން ގަބޫލު ކުރާ ހިދުމަތެއް ދޭ ކުންފުންނަކަށް ސްޓެލްކޯ ހަދާނެކަމުގެ ޔަގީންކަަން ޝަރީފް ދެއްވިއެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި 70 އެތައް އަހަރެއްވީ ދިގު ތާރީހުގައި އޮތް ސަގާފަތް ބަދަލުކުރަންޖެހޭކަމަށާއި، ނަމަވެސް ތާރީހު ތާރީހުގެ ގޮތުގައި އޮންނާނެކަމަށާއި ސަގާފަތް އެތަނަކާއި އެއް ގޮތްވާގުތުގެ މަތިން، ހިދުމަތް ލިބޭ ފަރާތްތަކުން ބޭނުންވާ ގޮތަށް ހިދުމަތްދޭ އުސޫލު ބަދަލުކުރަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހާރުވެސް އަންނަނީ ސްޓެލްކޯ އަކީ ރައްޔިތުން އެދޭފަދަ ހިދުމަތްތަކެއްދޭ ކުންފުންޏަކަށް ހެދުމަށްޓަަކައި ކުންފުނީގެ މުވައްޒަފުންނާއިއެކު ގިނަ މަސައްކަތްތަކެއް ކުރައްވާ، މިހާރު ކުރި މަތިވަމުންދާ ގޮންޖެހުންތަށް ނައްތާލެއްވުމަށްޓަކައި ކުރެވޭނެ ކަންކަންވެސް ދެނެގަންނަމުންނެވެ.
ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ކަރަންޓް ބިލް ބޮޑުވާނަމަ ސްޓެލްކޯއަކީ ހިންގުންތެރި ތަނެއް ނޫން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ