ދެކުނު ކޮރެއާވެސް މާސްކް އެޅުން ދޫކޮށް އާއްމު ހާލަތަށް

ނުރައްކާތެރި ކޮވިޑް 19 ވައިރަސް ހުއްޓުވުމުގެ ގޮތުން ދެކުނު ކޮރެއާގައި މާސްކް އަޅައިގެން އުޅުން މަޖްބޫރުކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސްފިއެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ދިމާވި ނުރައްކާތެރި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އެޅިއެވެ.
އެގޮތުން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ހުއްޓުވުމާއި، މާސްކް އެޅުން މަޖުބޫރުކުރުމާއި، ގިނަގިނައިން އަތްދޮވެ ސެނެޓައިޒްކުރުން އިތުރުކުރުން ހިމެނެއެވެ.
މިދިޔަ ހަފްތާގައި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ކޮވިޑް 19 އާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި ކުރި ލިބިފައިވާ ކަން އިއުލާންކުރައްވާފައެވެ.
އެކަމާއި ގުޅިގެން، ކޮވިޑް ހުއްޓުވުމަށް އެގައުމުން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އޭގެތެރޭގައި މާސްކް އެޅުމަށް ލުއިދީ އެކަން ހުއްޓާލުން ވެސް ހިމެނެއެވެ.
ޢާންމުން ބޭނުންކުރާ ޢިމާރާތްތަކުގެ ތެރޭގައި މާސްކު އެޅުމަށް މިހާރު މަޖުބޫރުކަމެއް ނެތް ނަމަވެސް، ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ވަގުތުތަކުގައި މާސްކު އެޅުމަކީ އަދިވެސް މަޖުބޫރުކަމެވެ.
މާސްކު އެޅުން ހުއްޓައިލުމުން، ދެކުނު ކޮރެޔާގައި ކޮވިޑް ބަލި ފެތުރުން ކޮންމެވެސް ވަރަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
އަދި، މި ކަމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ ވުޒާރާއިން ވަނީ އިރުޝާދުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ