ޗައިނާގެ ކޯލް މައިންއެއް ގޮވައި 8 މީހުން މަރުވެ، އެތައް ބަޔަކު ތާށިވެފައި
ޗައިނާގެ އުތުރުގައި އޮންނަ ކޯލް މައިނެއްގައި ގޮވުމެއް ގޮވައި، އަށް މީހަކު މަރުވެފައިވާއިރު 38 މީހުން ބިމުގެ އަޑީގައި ތާށިވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ، ޝިންހުއާއިން ބުނެފިއެވެ. އެ ގޮވުން ހިނގާފައިވަނީ ޗައިނާ ގަޑިން އިއްޔެ އިރުއޮއްސި 7:30 ހާއިރު 247 މަސައްކަތްތެރިން ބިމުގެ އަޑީގައި ތިއްބައެވެ. ޝިންހުއާއިން ބުނި ގޮތުގައި މިއަދު ހެނދުނު 6:00 ހާއިރު ގާތްގަޑަކަށް 201 މީހަކު ވަނީ އެ ތަނުން ސަލާމަތްކޮށްފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަންނަނީ ތަހުގީގުކުރަމުންނެވެ. ޝިންހުއާ ނިއުސްއިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަންޝީ ޕްރޮވިންސްގައި ހުންނަ އެ މައިންގައި ކާބަން މޮނޮކްސައިޑްގެ މިންވަރު ވަނީ ހުންނަންޖެހޭ މިންވަރަށްވުރެ މަތިވެފައެވެ. ޗަންގްޒީ ސިޓީގެ ލިއުޝެނިއު ކޯލް މައިންގައި ސަލާމަތީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޝިންހުއާއިން ބުނެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ތާށިވެފައި ތިބި މީހުން ސަލާމަތްކޮށް، ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރަން އިލްތިމާސްކުރައްވާފައެވެ. ޝަންޝީއަކީ ޗައިނާގެ ކޯލުގެ ބޮޑު ހަބެކެވެ. އެއީ ސަލާމަތީ ކަންކަން ދަށް ތަނެއްގެ ގޮތުގައި ރިކޯޑެއް އޮތް މައިނިން ސިނާއަތެއް ހިންގާ ތަނެކެވެ. ފާއިތުވި އަހަރުތަކުގައި އެ ތަނުގައި މިފަދަ އެތައް ހާސް އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. ގްރީސްއަށް ވުރެ ބޮޑު ސައިޒުން ބޮޑު އަދި ގާތްގަނޑަކަށް 34 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ޕްރޮވިންސްގެ ލައްކައެއްހާ މައިން ކުރާ މީހުން މިދިޔަ އަހަރު 1.3 ބިލިއަން ޓަނު (1.17 ބިލިއަން މެޓްރިކް ޓަން) ކޮނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ