މުލީއާގޭގެ މުވައްޒަފެއްގެ ގޮތުގައި، ކުރީގެ ހަ ރައީސުންނަށް ހިދުމަތްކޮށްދެއްވާފައިވާ އިބްރާހިމް ހަލީމް އަވަހާރަވެއްޖެ އެވެ.
ތަފްސީލު - ހަލީމް/މ. ފަތްކޯނި، 76، އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަމުގެ ހިތާމައިގައި އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސްގެ ތައުޒިޔާގައި ހަލީމްގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ދައުލަތަށް ހިދުމަތް ކުރެއްވުމުގައި ކަން ފާހަގަކުރެއްވި އެވެ.
"ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިހުލާސްތެރި ހިދުމަތުގެ ބޮޑު ބައެއް މަރުހޫމް އިބްރާހިމް ހަލީމް ހޭދަކުރެއްވީ މުލީއާގޭގައި،" ރައީސް ވިދާޅުވި އެވެ.
"ކުރީގެ ހަ ރައީސުންގެ އަރިހުގައި ކަމޭހިތުމާއި ފަރުވާތެރިކަމާ އެކު މަސައްކަތްކޮށް ދެއްވާފައިވޭ."
ފާހަގަކޮށްލެވޭ - ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު، 2021 ވަނަ އަހަރު ހަލީމަށް ވަނީ ލިބިވަޑައިގެންފަ އެވެ. އޭރު ވެސް ހަލީމް ހުންނެވީ މުލީއާގޭގެ ވަޒީފާގަ އެވެ.
ރައީސުންގެ ހިދުމަތްތެރިޔާ ހަލީމު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ