ވޭމަންޑޫގައި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޮވެމްބަރު މަހުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ.ވޭމަންޑޫ ގައި ހުޅުވައިދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
އިއްޔެ ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާންއެވެ.
މި ރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. ވޭމަންޑޫ އައުޓްރީޗް ސެންޓަރ ގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ