ކެޔޮދޫގައި އާ ސިއްހީ މަރުކަޒަކާއި ހަތަރު ބުރީގެ ސްކޫލެއް އަޅަން އެމްޓީސީސީއަށް ކެޔޮދޫގައި އާ ސިއްހީ މަރުކަޒަކާއި ހަތަރު ބުރީގެ ސްކޫލެއް އަޅަން އެމްޓީސީސީއަށް

ވ. ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތަކާއި އާ ސިއްހީ މަރުކަޒެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ރަށުގައި އާ ސިއްހީ މަރުކަޒު އެޅުމުގެ މަޝްރޫ އާއި އާ ސްކޫލް އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއަށެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އާ ސިއްހީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.
ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ އެ ރަށުގައި އިމާރާތް ކުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގައި ވޯޑާއި ލެބޯޓަރީގެ އިތުރުން ޕަބްލިކް ހެލްތު ޖާގަ ހިމެނޭހެން 20 އެނދު ހުންނާނެ ކަމަށެވެ.
މުއިއްޒު މިއަދު ވިދާޅުވީ ސިއްހީ މަރުކަޒާއި ސްކޫލްގެ އާ އިމާރާތް އެޅުމުން އެ ރަށު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެތައް ގޮތަކުން މަތިވެގެން ދާނެ ކަމަށެވެ.
މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން އެ ރަށުގައި އަޅާ އާ ސިއްހީ މަރުކަޒާއި އާ ސްކޫލްގެ މަސައްކަތް ހުއްޓުމެއް ނެތި ވަރަށް ބާރުމިނުގައި ގެންގޮސް ނިންމާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް މުއިއްޒު ދެއްވި އެވެ.
އަންނަ އަހަރު ތެރޭގައި ކެޔޮދޫގެ ބިން ވެސް ހިއްކައިދެއްވާނެ ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެއިތުރުން މިއަދުގެ ދަތުރުގެ ތެރެއިން މުއިއްޒު ވަނީ ކެޔޮދޫގެ އާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ