ކުޅުދުއްފުށީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ހަދަނީ

ކުޅުދުއްފުށީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހަދަން ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުހެ ފުރުސަތު މި މަހުގެ 18 އާ ހަމައަސް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިންނެވެ.
ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށް ދެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
އެ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހަދަން ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، ކުޅުދުއްފުށީގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރަސްމީކޮށް އިފުތިތާހުކޮށްފައިވެ އެވެ.
އެ ބޯޑުގެ މަގުސަދަކީ ކައުންސިލްގެ މަސައްކަތު ތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަން ރާވަފައިވާ މުހިއްމު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ލަފާ ހޯދުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާ އިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް އެ ސިނާއަތުގެ މަންފާ ލިބޭނޭ ގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ